ސްޕެއިންގައި ޕައިލެޓް ކަން ކިޔަވާ ބައެއް ދަރިވަރުންނާ މިިނިސްޓަރ ހައިދަރު ބައްދަލުކުރައްވައިފި

ސްޕެއިންގައި ޕައިލެޓް ކަން ކިޔަވާ ބައެއް ދަރިވަރުންނާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ބައްދަލު ކުރައްވައިފިއެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ މަތީ ތަޢުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށް ހަޔަރ އެޑިޔކޭޝަން މިނިސްްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ދަރިވަރުންގެ ވާހަކަަތައް ތަފްސީލުކޮށް އަޑު އައްސަވާފައިކަމަށާއި އަދި ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް