ވިއްސާރައާ ގުޅިގެން ސިޓީސް މިނިސްޓްރީގެ ކުލަސްޓަރތަކުން މުޅި ރާއްޖެ މޮނިޓަރކުރަން ފަށައިފި

ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޚާއްޞަ އިސްކަމެއްދީ މުޅި ރާއްޖެ މޮނިޓަރކުރުމުގެ މަސައްކަތް، ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންްމު މަސައްކަތާބެހޭ ވުޒާރާގެ ކުލަސްޓަރތަކުން ފައްޓައިފިއެވެ.

ދެ މޫސުމެއް ތަޖުރިބާކުރަމުންދާ ދިވެހިރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ އާންމުކޮށް އެންމެ ބޮޑަށް ކުރަމުން އަންނަނީ ކެތި ލައިގަތީންސުރެ މާނަކަތުގެ ނިޔަލަށެވެ. އެއީ މީލަދީ ތާރީޚުން ބަލައި ނަމަ، މޭ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރައްވާ ގޮތުގައި މިހާރު ކުރަމުން މިދާ ވިއްސާރާގައި މުޅި ރާއްޖެއަށް މި ދެތިން ދުވަހު ބޯކޮށް ވާރޭވެހޭނެއެވެ.

"ކުލަސްޓަރ 3ގައި ހިމެނޭ ރަށްތަކަށް ގުޅައި މި ދަނީ ވިއްސާރާގައި ލިބޭ ގެއްލުން ބަލަމުން. މިހާތަނަށް އައިއިރު ރައްޔިތުންގެ ކަންބޮޑުވުމެއް ނެތް" ކުލަސްޓަރ 3 ގެ އެގްޒެކްޓިވް އަޙްމަދު ޙަލީމް ވިދާޅުވިއެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން އެ ވުޒާރާގެ ކުލަސްޓަރ ނިޒާމުގެ ތެރޭން ކުލަސްޓަރ އެގްޒެކްޓިވްންނާއި، ކޯޑިނޭޓަރުން އެކި ސިޓީތަކަށާއި، ރަށްތަކަށް ގުޅުއްވާ ވިއްސާރާގައި ރައްޔިތުންނަށް ލިބެމުންދާ ދަތިތައް ވަރަށް ގާތުން ބައްލަވަމުންގެންދަވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް