ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިކަން އިޢުލާނުކުރައްވަމުން، މަޖިލީހުގެ ރިޔާސަތުން މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުުގެ 151 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބަދަލެއްގެންނަވާފައިވާކަމަށެވެ.

އެގޮތުން އެ ކޮމިޓީގައި ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި މެންބަރު އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި ކޮމިޓީއަށް ވަނީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އައްޔަނުކޮށްފައެވެ.

މި ބަދަލު ގެނައި ސަބަބެއް ނޭނގުނު ނަމަވެސް ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ދޭތެރެ ދޭތެރެއިން ބަދަލު ގެންނެވުމަކީ އާއްމުކަމެކެވެ.

ޖުޑީޝަރީ ކޮމިޓީއަށް މި ބަދަލުގެނެސްފައިމިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް