ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްފައިވާ ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްފައިވާ މެނޭޖްމަންޓް ޕްލޭންތަކުގެ ދެލި ކަރުދާހަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުހުޅުވާލައިފިއެވެ. އެގޮތުން، ޚިޔާލު ފޮނުވަން ހުޅުވާލާފައިވަނީ 6 ސަރަހައްދަކަށް ތައްޔާރުކޮށްފައިވާ ޕްލޭނުގެ ދެލި ކަރުދާހަށެވެ. އެ ސަރަހައްދުތަކަކީ؛
  1. ލ. ބޮޑަ ފެންގަނޑު ސަރަހައްދު
  2. ލ. މާބައިދޫ ކޯރު އަދި ފުށި ކަނޑު ސަރަހައްދު
  3. ލ. ހިތަދޫ ކުޅިއާ ވަށައިގެންވާ މޫދު ސަރަހައްދުުު
  4. ލ. ގާދޫ - ހިތަދޫ ކަނޑު ސަރަހައްދު
  5. ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު
މި ޕްލޭންތަކަށް ޚިޔާލު ހުށަހެޅުމަށް ވުޒާރާއިންވަނީ ވަކި ޚާއްސަ ލިންކުތަކެއް ހަދާފައެވެ. އެހެންކަމުން އެ ލިންކްތަކުގައިވާ ފޯމު ބޭނުންކޮށްގެން އީމެއިލް ގެ ޒަރިއްޔާއިން ޚިޔާލު ހުށަހެޅުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިންވަނީ އެދިފައެވެ. މި ޕްލޭންތަކަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކި 20 މެއި 2025 އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް