ހިތަދޫ ޕޯޓް ތަރައްޤީ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައްޑޫ ސިޓީ ހިތަދޫ ޕޯޓް ތަރައްޤީ ކުރުމާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލް އާއި މޯލްޑްސް ޕޯޓްސް ލިމިޓެޑް އާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އަދި އެ ބައްދަލުވުމުގައި ހިތަދޫ ޕޯޓްސްގެ ޚިދުމަތްތައް ދިނުމަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ކަންކަމުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުންނާއި ހިތަދޫ ޕޯޓްސްގެ ތަރައްޤީއާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޑީސީޕީ (ރޓޑ) މުހައްމަދު ރިޝްވާން އާއި އިސްވެރިން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މެޔަރ އަލީ ނިޒާރު އަދި ކައުންސިލްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް