މާލޭގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކަށް ހަމާލާދީ ޒަހަމްކޮށްލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހާދިސާ ހިނގާފައިވަނީ މިރޭ 8:35 ހާއިރު ސަބްދެލިމަގު ޗާންދަލިއަރ ކައިރީގައި ކަމަށާއި އެތަނުގައި ހުރި 40 އަހަރުގެ ފިރިހެނަކަށް ބަޔަކު ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފައިވާކަމަށެވެ.

އަދި މިހާދިސާގައި ޒަޚަމްވެފައިވާ ފަރާތަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށްވެސް ފުލުހުންވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް