"ޓޫ އޮފް އަސް" ގެ މަސައްކަތުން މުޅި ޤައުމަށް އެ ގެނެސްދިނީ ވަރަށް ބޮޑު ފަޚުރެއް: ނައިބު ރައީސް

އިންޑިއާގައި ކުރިއަށްދިޔަ "ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް"ގައި ދިވެހި ބޭންޑު "ޓޫ އޮފް އަސް" އިން ހޯދި ކާމިޔާބީން މުޅި ޤައުމަށް ފަޚުރުވެރިކޮށްދީފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި، "ޓޫ އޮފް އަސް" އިން ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ، "ޓޫ އޮފް އަސް" ބޭންޑުން ހޯދި ކާމިޔާބީއަކީ ފާހަގަކޮށްލެވޭ މޮޅު ކާމިޔާބީއެއްކަމަށާއި، ބޭންޑުގެ ހުނަރުވެރިކަމާއި، ބުރަ މަސައްކަތުން މުޅި ޤައުމަށް، ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީއެއް ގެނެސްދީ، ފަޚުރުވެރިކުރުވައިފިކަމަށެވެ.

އަދި އެބޭންޑުން ހޯދި ކާމިޔާބީއާއެކު އެތައް ދިވެހީންނެއްގެ އުއްމީދު އައުވެ މިފަދަ ކާމިޔާބީއަށް ވާސިލުވުމުގެ ޢަޒުމުން އައުވެގެންދާނެކަމަށްވެސް ނައިބު ރައީސް ވިދާޅުވެފައިވެއެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވުނު "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" މުބާރާތުގައި "ޓޫ އޮފް އަސް" ބޭންޑުގެ ޕަފޯމަންސްތަކަށް ފަނޑިޔާރުންނާއި، މުބާރާތް ބަލަން ތިބި މީހުންގެ ފަރާތުން، ޚާއްސަކޮށް ދިވެހިންގެ ފަރާތުން ލިބުނީ ވަރަށް ހޫނު މަރުހަބާއެކެވެ. ގްރޭންޑް ފައިނަލްގެ ކުރިން އެ ބޭންޑުން ހާމަކުރި ގޮތުގައި، އެމީހުންގެ ޓީމުގައި މަދު ބަޔަކު ތިބި ކަމުގައި ވިޔަސް، އެމީހުން ތަމްސީލު ކުރަނީ މުޅި ދިވެހިރާއްޖެއެވެ. ބޭންޑުން ބުނީ ހުވަފެނެއް ދެކި، އެކަން ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކޮށްފިނަމަ، ކާމިޔާބުވާނެކަން ހާމަވަމުންދާ ކަމަށެވެ.

މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި މިފަދަ ގޮތަކަށް ބައިވެރިވެ ދިވެހީންނަށް މިފަދަ ޝަރަފެއް ލިބިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް