ވިނަރެސްގެ ބައެއް ޓަވަރުތަކަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް 1 އަދި 2 އެއްގެ ފްލެޓްތަކުގައި މާދަމާގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި މި ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކުރެވިފައިވާކަމަށާއި، އެ މަސައްކަތް ކުރުމަށް 05 މެއި 2025 ވާ ހޯމަ ދުވަހުގެ ވަގުތެއްގައި އެ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށެވެ.


އެގޮތުން، އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު ކަމަށާއި އެހެންކަމުން އެ ޓަވަރުތަކުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް