ރާއްޖޭގައި ހިނގާ ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމް: ނަޝީދު
ރާއްޖޭގައި ހިނގާ ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށާއި، އެއީ ވަކި ވެރިއެއްގެ މައްސަލައެއް ނޫން ކަމަށެވެ. އަދި ޕާލަމަންޓަރީ ނިޒާމާއި ޕްރިފަރެންޝަލް (ގިނަ ވޯޓު ދެވޭ) ވޯޓިންގ އަށް ބަދަލުވެއްޖެނަމަ، އެތައް ކަމެއް އިޞްލާޙުވާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމަށް އަބަދުވެސް ތާއީދުކުރައްވާ ނަޝީދަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގައިވެސް އެ ނިޒާމު ގެންނެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް