ރައީސްގެ ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ: ޝަކީލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް މިހެން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ކުރިއަށްގެންދެވި ޕްރެސް ކޮންފަރެންސްއަށް އަލިއަޅުވާލައްވަމުން، އެބޭފުޅާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސްއާއެކު ކުރެއްވުނު މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަަމުގެ ރިވެތި އަހުލާގު ވަނީ ފެނުނުކަމަށާއި، ނަމަވެސް އިއްޔެ 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ ކުރިމަތީގައި ރައީސް ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާކަމަށް ޝަކީލްވަނީ ސިފަކުރައްވާފައެވެ. އަދި މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ އެ ކެތްތެރިކަމާއި އިހުލާސްތެރިކަމުން ނަމޫނާ ނަގައިގެންކަމަށްވެސް ޝަކީލުވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް