ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަސް ކެޓަގަރީއަކުން މޯލްޑިވިއަން ނޯމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ފަސް ކެޓަގަރީއަކުން ޤައުމީ އެއާލައިން، މޯލްޑިވިއަން ނޯމިނޭޓްވެއްޖެއެވެ.

މިކަން ހާމަކޮށް މޯލްޑިވިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެ އެއާލައިނަށް ވޯޓު ދިނުމަށް އެދިފައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގައި މި ލިންކު މެދުވެރިކޮށް މޯލްޑިވިއަނަށް ވޯޓު ދެވޭނެއެވެ.

މިގޮތުން މޯލްޑިވިއަން ނޯމިނޭޓްވެފައިވަނީ އިންޑިއަން އޯޝަންސް ލީޑިންގ އެއާލައިނާއި، ލީޑިންގ އެއާލައިން-ބިޒްނަސް ކްލާސް، ލީޑިންގ އެއާލައިން-އިކޮނޮމީ ކްލާސް، ލީޑިންގ އެއާލައިން ބްރޭންޑް އަދި ލީޑިންގ ކެބިން ކްރޫގެ ކެޓަގަރީންނެވެ.

މި އެވޯޑަކީ، 1993 ވަނަ އަހަރުން ފެށިގެން، ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއެއްގެވެސް އެންމެ ފެންވަރު ރަނގަޅު ފަރާތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ގްރޭންޑް ފައިނަލް ގާލާ އޮންނާނީ 9 ޑިސެންބަރު 2025 ގައި ބަޙްރައިނުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް