މަސްވެރިކަން ކުރެވޭނެ އެހެން ގޮތްތައް ހޯދައި، އިޤްތިޞާދު ސިންދަފާތުކުރުމަކީ މުހިންމުކަމެއް: ވަޒީރު
މަސްވެރިކަން ކުރެވޭނެ އެހެން ގޮތްތައް ހޯދައި، އިޤްތިޞާދު ސިންދަފާތުކުރުމަކީ މުޙިއްމު ކަމެއްކަމަށް ސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ކަނޑުމަހުގެ ދުވަހާ ގުޅިގެން ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވަނީ،  ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި މަސްވެރިއާއިލާތަކާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އަރިސްކޮށްފައެވެ. އަދި ފާއިތުވީ އަހަރަކީ ދިވެހިރާއްޖެއަށް މިއިން ޒަމާނެއްގައި މަސްވެރިކަން ދަށަށް ނުދާ މިންވަރަށް ދަށަށް ދިޔަ އަހަރެއްކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ވަކީން ހާއްސަކޮށް އެލްނީނޯ އަދި އިންޑިއާ ކަނޑުގެ ޑައިޕޯލްގެ ސަބަބުން ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިޔަކަމަށާއި މިއީ އަޅުގަނޑުމެން މިކުރާ ގޮތަށް ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައަށް މަސް ތިލަވުމުން މަސްވެރިކަން ކުރާ ޤައުމުތަކަށް ލިބޭ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށެވެ. "އަޅުގަނޑުމެން މަސްވެރިކަމުގެ ސިނާޢަތަށް މިކުރާ އިންވެސްޓްމަންޓްތަކުގެ އެންމެ ފުރިހަމަ ނަފާ ލިބޭނީ ދާއިމީ ގޮތެއްގައި އެ ފެސިލިޓީތަކަށް މަސް ލިބޭނެ ގޮތްތަކެއް ހޯދިގެން. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކަށް އަޅުގަނޑުމެންވެސް ހޭނެން ޖެހޭ." ވަޒީރު ވިދާޅުވެފައިވެއެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ އެހެން ގޮތްތައް ހޯދައި، މަސްވެރިކަމުގެ އެހެނިހެން ބާވަތްތައް ކުރުމަށް މަގުފަހިކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަކީ މުޙިއްމުކަމެއްކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް