ހުޅުމާލެ ފޭސް 2 ގެ އެސްޓީއޯގެ ޓަވަރުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެސްޓީއޯ ޓަވަރުތަކުން މާދަމާގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި އެސްޓީއޯގެ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކުރެވިފައިވާކަމަށާއި، އެ މަސައްކަތް ކުރުމަށް 03 މެއި 2025 ވާ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށެވެ.


އެގޮތުން، އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު ކަމަށާއި އެހެންކަމުން އެ ޓަވަރުތަކުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް