ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުން: މިނިސްޓަރު މާރިޔާ

ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުން ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެގޮތުން، މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، ދިވެހިން ފަޚުރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއެކު ކުރައްވާ ބުރަ މަސައްކަތުންކަމަށެވެ.

އަދި މިއަދަކީ ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ސިއްޙީ ދާއިރާ އަދި ތަޢުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރައްވާ އެންމެހާ މަސައްކަތްތެރިންނަށް ޚާއްޞަ ދުވަހެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަދަކީ މަސައްކަތްތެރިންނަށް ޚާއްޞަ ދުވަހެއް ކަމުން، އެންމެހާ މަސައްކަތްތެރިން މިއަދު އަރާމުކުރައްވާނެ ކަމަށް އުންމީދުކުރައްވާކަމަށާއި އަދި އެއީ މަސައްކަތްތެރިންނަށް ލިބިގެންވާ ޙައްޤެއް ކަމުގައިވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް