ބޮޑުފުޅުދޫގެ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ އަޅައިފި
އ. ބޮޑުފޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި އެ އިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ. ބޮޑުފުޅަދޫގައި ހުންނަ އިންޖީނުގެއަކީ އެ ރަށު ސުކޫލާއި ވަރަށް ކައިރީގައި ހުރި، ވަރަށް ދުވަސްވީ އަދި ޖާގައިގެ ގޮތުން ކުޑަ އިމާރާތެކެވެ. އެހެންކަމުން އެކަމުގެ ތަކުލީފު ރައްޔިތުން އުފުލާތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންކަމުން މި އައު އިންޖީނުގޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަކީ ސްޓެލްކޯގެ އުންމީދެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް