ހުރާގައި ހާފިޒުން ތަމްރީނުކޮށް، ސަނަދު ހޯދާ ކޮންމެ ދަރިވަރަކަށް އެއްލައްކައަށްވުރެ ގިނަ ފައިސާގެ އިނާމެއްދޭން ނިންމައިފި

ކ. ހުރާގައި ހާފިޒުން ތަމްރީނުކޮށް، ސަނަދު ހޯދާ ކޮންމެ ދަރިވަރަކަށް އެއްލައްކައަށްވުރެ ގިނަ ފައިސާގެ އިނާމެއްދޭން ނިންމައިފިއެވެ.

މާލެ ހުރާ ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދަން ނިންމި މި ޕްރޮގްރާމަކީ، ހުރާ ކައުންސިލްގެ 4 ވަނަ ދައުރުގެ 233 ވަނަ ޖަލްސާއިން ނިންމި ނިންމުމެކެވެ.

އެގޮތުން އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގައި ޒުވާން ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އަދި އެ ޕްރޮގްރާމުގައި ބައިވެރިވެ ސަނަދު ހާސިލްކުރާ ހުރާގެ ކޮންމެ ހާފިޒަކަށާއި އަދި އަމިއްލަގޮތުން ސަބަދު ހާސިލްކުރާ ހުރާގެ ކޮންމެ ފަރާތަކަށް 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ދިނުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށެވެ.

ހުރާ ކައުންސިލުގެ މި ނިންމުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މަރުހަބާ ދަންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް