ސީއެސްސީ ގެ ނައިބު ރައީސް ކަމަށް މުހައްމަދު މުޖުތާޒް އައްޔަންކުރަން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް މުހައްމަދު މުޖުތާޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރަން ރުހުން ލިބިފައިވަނީ މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައި ވަނިކޮށް، އެބޭފުޅާ އެ މަގާމުން އިސްތިއުފާ ދެއްވުމުމާގުޅިގެންނެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް މުހައްމަދު މުޖުތާޖް އައްޔަންކުރީ މި މަހު 20 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް