"ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭން" ވެލިޑޭޓް ކުރުމުގެ ބައްދަލުވުމެއް ބާއްވައިފި

"ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭން" ވެލިޑޭޓް ކުރުމުގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި އަދި ހެޔޮ ނަތީޖާ ނެރެވެނޭހެން ކުރިއަށް ގެންދިއުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނެކެވެ.

މިނިސްޓްރީން ބުނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު އެކުލަވާލާ މި ޕްލޭންގެ އެންމެ ފަހުގެ ދެލިކޮޕީއަށް ރާއްޖޭގެ ކަމާބެހޭ އެންމެހާ އިދާރާތަކާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން، އާއްމުންގެ ޚިޔާލާއި ލަފާވެސް ހޯދާފައިވާކަމަށެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު، ޑަބްލިޔު އެޗް.އޯ އިން ޕްލޭންގެ ފައިނަލް ޑްރާފްޓް ސަރުކާރަށް ހުށަހެޅުމުން މި ޕްލޭން ސަރުކާރުން އަވަސް މުސްތަޤްބަލެއްގައި އާއްމުކޮށް ތަންފީޒުކުރުމަށްވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް