ކުޅުދުއްފުށި ސިޓީގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ %83 ނިމިއްޖެ
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ %83 ވަނީ ނިމިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން މިއަދު ކުރި ޕޯސްޓެއްގައެވެ. އެގޮތުން، ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ %83 ވަނީ ނިމިފައިވާކަމަށާއި މިހާރު ކުރަމުންދަނީ އެދުރުކަލޭފާނު މަގުގެ ދުވާރުގެ މަސައްކަތްތައްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫއަކީ ސަރުކާރުން 100،700،048.55 ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް