ފޮރިން އިންވެސްޓްމަންޓް ޤާނޫނުން، ބޭރުގެ އިންވެސްޓަރުންނަށް ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިކުރެވޭނެ: ވަޒީރު

ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ޙިމާޔަތް ލިބި، ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެގޮތުން، ދިވެހިރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފޮއިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިތުރުން މެލޭޝިޔާގެ އިންވެސްޓްމަންޓް، ވިޔަފާރި އަދި ޞިނާޢަތުގެ ވަޒީރު ޓެންގްކު ޒަފްރުލް ޓެންގްކު ޢަބްދުލް ޢަޒީޒު އާއި މެލޭޝިޔާގެ ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް ޑާޓޯ ސެރީ އެން. ގޯބަލަކްރިޝްނަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޓެންކޫ ޒަފްރޫ ޢަބްދުލްޢަޒީޒް ވިދާޅުވީ، މިއީ ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފޯރަމެއްކަމަށެވެ.

ހަމަމިއާއެކު، މިނިސްޓަރ ވަނީ މެލޭޝިއާގެ އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ އާއި ވެސް ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ގެ ފުރުޞަތު ތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް