ރައުދުއާ އާއިލީ ގުޅުން އޮންނާތީ ރައީސްގެ ޚާއްސަ ކޮމިޝަނުން ހަބީބު އިސްތިއުފާ ދެއްވައިފި

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޝަނުގެ މެންބަރު، ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ހަބީބު އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުންގެ އެތައް ކަންބޮޑުވުމެއް އުފެދިފައި ވަނިކޮށް، އެ މައްސަލައިގެ ފުނަށް ދިޔުމަށް މިކަމަށް ހާއްސަ ކޮމިޝަނެއް ރައީސް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނެރުއްވި ގަރާރަކުންނެވެ. އަދި އެ ކޮމިޝަނުގައި ހަބީބުއާ އެކު އެ ކޮމިޝަނަށް ޖުމްލަ ތިން މެންބަރުން ރައީސް އައްޔަންކުރައްވާފައިވެ އެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި ކޮމިޝަނުގެ މެންބަރު ކަމުން ހަބީބު އިސްތިއުފާ ދެއްވާފައިމިވަނީ، މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް (21) އާ އެބޭފުޅާއާ ޢާއިލީ ގުޅުން އޮންނާތީއެވެ.

ހަބީބު އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކޮމިޝަނަށް އިތުރު މެންބަރުންތަކެއް ޢައްޔަނުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް