ރަސްފަންނު މޫދަށް ތެޔޮ އެޅިފައި ހުރުމުން އެސަރަހައްދު މޫދަށް ނޭރުމަށް އެދެފި
ރަސްފަންނު މޫދަށް ތެޔޮ އެޅިފައި ހުރުމުން އެސަރަހައްދު މޫދަށް ނޭރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ. ރަސްފަންނު ސަރަހައްދު މޫދަށް ކަޅު ތެޔޮއެޅިފައިވާތީ ކަމާބެހޭ ފަރާތްތަކާއެކު ތެޔޮ ސާފުކުރުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާކަމަށާއި އެ ހާދިސާގެ ކަންކަން އިތުރަށް ބަލަމުންދާކަމަށެވެ. އަދި އެ ސަރަހައްދުގެ މޫދަށް މިދުވަސްވަރު ނޭރުމަށާއި، މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް އެސަރަހައްދުގެ މޫދުގައި ނުހިންގުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް