ވިނަރެސް ފުލެޓެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ

ވިނަރެސް ފުލެޓެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭކަމުގެ ރިޕޯޓު މިއަދު ހެނދުނު 6:05 ހާއިރު ލިބިފައިވާ ކަމަށާއި މިކަމާ ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ގޮސް، ގަދަކަމުން ދޮރު ހުޅުވައި ބެލިއިރު ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށެވެ. އަދި އެއީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށާއި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ޢާއިލާއިން ކަމަށާއި، އެ ވަގުތު އަންހެން މީހާ އޮތް ކޮޓަރީގައި އިތުރު މީހަކު ނެތް ކަމަށެވެ. ނަމަވެސް އެޕާޓްމަންޓުގައި ޢާއިލާގެ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް