އާރުޑީސީގެ ޗެއަރޕަރސަންގެ މަޤާމުންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ ޗެއަރޕަރސަންގެ މަޤާމުން އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ބޯޑުން މުޙައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައިވާއިރު، ޝާމީ ވަކިކުރީ ކޮން ސަބަބަކާ ހުރެކަން އެނގިފައިނުވެއެވެ.


މިގޮތުން ޕީސީބީން ބުނީ އާރުޑީސީގެ ޗެއަރޕަރސަންގެ މަޤާމުންނާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަކިކޮށްފައިވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް