ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ %20 ނިމިއްޖެ

ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ %20 ނިމިއްޖެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައިވާއިރު، އެ ވުޒާރާއިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށި ޖެހުމުގެ %44 ވަނީ ނިމިފައެވެ.

ކެނދިކުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 12 މާރިޗު 2023 ގައެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 79،022،724.12ރ. އެވެ.


މި މަޝްރޫޢުގެ ދަށުން 28،393 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 30،480 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12،968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 12،038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރުމާއި، 14،220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ނެރު ފުންކުރުމާއި، 368 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 246 މީޓަރު ދިގު 11 މީތަރު ފުޅަ ރޭމްޕެއް ހެދުމާއި، 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1990 އަކަމީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް