ކާމިޔާބުކަމާއެކު މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

މ. މުލީ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިމި، ފުރަތަމަ ޓެސްޓް ފްލައިޓް އެ އެއާޕޯޓުގެ ރަންވޭގައި ކާމިޔާބުކަމާއެކު އިއްޔެ ޖައްސައިފިއެވެ.

މުލީ އެއާޕޯޓުގައި މިކަމަށްޓަކައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު، އަޙްމަދު ނާޒިމާއި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އިސްމާޢީލް ޙަމީދާއި، އެމްޓީސީސީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ސިނާން ޢަލީގެ އިތުރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަކީ 2021 ވަނަ އަހަރު ފަށާފައިވާ މަޝްރޫއެކެވެ. އަދި މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން 2023 ވަނަ އަހަރުގެ މެދުތެރޭގައި ޕްލޭންކުރިނަމަވެސް، މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މި އަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭވަރަށް އެ މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށެވެ.

މުލީ އެއަރޕޯޓްގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓަކަށްވާއިރު މި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް