އެމްޕީއެލްގެ ބޯޑަށް މުޙައްމަދު ވަޙީދު ޢައްޔަންކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޑިރެކްޓަރުން ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިިދާޅުވީ، މި މަޤާމަށް ޢައްޔަންކޮށްފައިވަނީ ހއ. ފިއްލަދޫ، މަބުސްތާނުގެ، އަލްފާޟިލް މުޙައްމަދު ވަޙީދު ކަމަށެވެ. މުޙައްމަދު ވަޙީދަކީ 2023 ވަނަ އަހަރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ވަޙީދު އެ ކުންފުނީގެ ބޯޑުން ވަކިކުރީ މި އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މުޙައްމަދު ވަޙީދު ވަނީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިންގ މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް