އުނގޫފާރު ހޮސްޕިޓަލްގެ އައު ޢިމާރާތް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ރ. އުނގޫފާރު ހޮސްޕިޓަލް ގެ އައު އައު ޢިމާރާތުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމް އެވެ. މޯލްޑިވްސް ޓޤރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

މިއީ 161,245,343/52 ރުފިޔާގެ ޚަރަދެއް ހިނގާ ޕްރޮޖެކްޓަކަށްވާއިރު، މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ ދޮޅު އަހަރު ( 540 ދުވަސް ) ދުވަހެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު އުުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރެވިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް