ޕީއެސްއެމް އާއި އާރުޑީސީ އާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ނަބީޙް އަފީފެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުﷲ ޔާމީނެވެ.


މި ފަހުމުނާމާގައި ޕީއެސްއެމްގެ ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމާއި، އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ އިތުރުން އާރްޑީސީއާއި ޕީއެސްއެމްއާއި ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްކަމަށް އާރްޑީސީންވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް