ހުޅުމާލެ ފޭސް 2 އެއްގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެ

މިރޭ ހުޅުމާލެ ފޭސް 2އެއްގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން މިރޭ ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ އަޕްގްރޭޑިންގެ މަސައްކަތްތަކެއް މިރޭ ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، އެހެންވެ މިރޭ ދަންވަރު 12 އިން މާދަމަ ހެނދުނު ހަޔަކަށް ހުޅުމާލެ ފޭސް 2އެއްގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެކަމަށެވެ.


ފެން ކެނޑިދާނެ ކަމަށް ފާހަަގަކުރި ސަރަހައްދުތަކުގެ ތެރޭގައި ފުނަގަސް މަގު އެއް ނަންބަރު ގޯޅިއާއި ތިން ނަންބަރު ގޯޅިއާ ދެމެދުން ނިރޮޅު މަގާއި ފުނަގަސް މަގުގައި ހިމެނޭ ގޭބިސީތައް ހިމެނެ އެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް