މިލަންދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ށ. މިލަންދޫގައި އައިޑީކާޑް ދޫކުރަން ފަށައިފިކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރ) ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް ޑީއެންއާރއިން ބުނެފައިވަނީ، އައިޑީ ކާޑުގެ ޚިދުމަތް މިލަންދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށާއި މިއާއެކު ކާޑު ހައްދަން އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އެ ރަށުގެ ރައްޔިތުންނަށް ކާޑު ލިބި، އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވާއިރު، އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.


އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް