އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުތަކުގެ ތެރެއިން ސަރުކާރުން ފޯރުކޮށްދެވޭ އެހީތެރިކަންވެސް އެއައްނަނީ ފޯރުކޮއްދެވެމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. https://raajjetimes.mv/news/24689/ "ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުންޏަކުން ފަށާފައިވާ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ފެށުުނު މަޝްރޫއަކަށްވާއިރު، މި މަޝްރޫޢަކީ މެރިކަލްޗަރ ސިނާޢަތް ދިވެހިންނަށް އިޤްތިޞާދީ ނަފާ ލިބޭ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މުހިންމު މަޝްރޫޢެކެވެ.ރާއްޖޭގައި މިފަދަބާވަތްތައް އުފައްދައި ރާއްޖޭގެބޭނުމަށާއި އެކްސްޕޯޓްއިތުރުކުރުމަށް ކުރާމަސައްކަތްތަށް ކާމިޔާބުލިބުމަކީ ވަރައްބޮޑުކުރިއެރުމެއް. މިނިވަންވިޔަފާރީގެ ފައިދާފުޅާދާއިރާއެއްގައި ނެގުމުގެ މުހިއްމުކަން މިއައްނަނީ ދުވަހެއްދުވަހަށް އިތުރުވަމުން. މިކަމުގައި ރޖ ޑރ.މުޢިއްޒުގެ… https://t.co/XdgwGMFdxA
— Mohamed Saeed (@em_saeed) April 20, 2025

މިނިވަންވިޔަފާރީގެ ފައިދާފުޅާދާއިރާއެއްގައި ނެގުމުގެ މުހިއްމުކަން މިއައްނަނީ ދުވަހެއްދުވަހަށް އިތުރުވަމުންކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު ބ. ފެހެންދޫގައި މިއަދު އިފްތިތާޙްކުރުމާއި ގުޅިގެންނެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިފަދަބާވަތްތައް އުފައްދައި ރާއްޖޭގެބޭނުމަށާއި އެކްސްޕޯޓްއިތުރުކުރުމަށް ކުރާމަސައްކަތްތަށް ކާމިޔާބު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، މިނިވަން ވިޔަފާރީގެ ފައިދާ ފުޅާދާއިރާއެއްގައި ނެގުމުގެ މުހިއްމުކަން މިއައްނަނީ ދުވަހެއްދުވަހަށް އިތުރުވަމުންމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




