ތިމާވެއްޓާއި ސައިންސާއި ބެހޭ ކޯހުގެ ދަރިވަރުންނަށް ސްކޮލަރޝިޕް މިއަދު ހަވާލުކޮށްފި
ލ. ގަމުގައި ފަށާ ތިމާވެއްޓާއި ސައިންސާއި ބެހޭ ކޯހުގެ ދަރިވަރުންނަށް ސްކޮލަރޝިޕް މިއަދު ހަވާލުކޮށްފިއެވެ. ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމަށް ލ. ގަމު ކެމްޕަސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެންދެރި ޕްރޮޖެކްޓްގެ ދަށުން ލ އަތޮޅު ދަރިވަރުންނަށް ޚާއްޞަކޮށްގެން 15 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލިއިރު، މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީގެ އިތުރުން ސްޓައިޕެންޑް ގެ ގޮތުގައި މަހަކު 4500 ރުފިޔާ އެ ދަރިވަރުންނަށް ލިބޭނެއެވެ. އަދި މުޅި ކޯސް ފީ އަކީ ޖުމުލަ 29880 ރުފިޔާއެވެ. "އެންދެރި" ޕްރޮޖެކްޓް އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް