މެރިއަޓް އިންޓަރނޭޝަނަލް އިން 32 ކުދިން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައިފި
މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 32 ދަރިވަރަކު ނިންމާ ދަސްވެނިވެއްޖެއެވެ. ޔޫތު މިނިސްޓްރީ އާއި މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށްގެންގޮސްފައިވާ މި ޕްރޮގްރާމަކީ ވަޒީފާގެ މާޙައުލުގައި މަސައްކަތްތައް އަދާކުރުމުގައި ތަޖުރިބާކާރުންގެ ފަރާތުން ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންގޮސްފައިވާ ޕްރޮގުރާމެކެވެ. އެގޮތުން، މި ދަރިވަރުން ވަނީ 10 މަސްދުވަސްތެރޭގައި ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 3 ގެ ސެޓްފިކެޓެއް މި ތަމްރީން ފުރިހަމަކޮށްފައިވާ ޒުވާނުންނަށް މިހާރު ދީފައިވަކަމަށްވެސް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް