ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި މުހިއްމު މަސައްކަތްތަކެއްކުރާ ތަނެއް: ޝަހީމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި ނުހަނު މުހިއްމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރޭ ބޭއްވުނު އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މިއަދުގެ ސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޔުނިވަރސިޓީގެ ކުރިއެރުމަށް ޚާއްސަ އައްމިއްޔަތުކަމެއް ދެއްވާކަމަށާއި އެގޮތުން އައިޔޫއެމްގެ ކަންކަން ފަހިކޮށް ޔުނިވަރސިޓީގެ މުސްތަޤުބަލައްޓަކައި އަދި ދިމާވާ ކަންކަން ހައްލުކުރުމަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރަމުން ގެންދާކަމެެއް ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

އަދި، އިސްލާމީ ޔުނިވަރސީޓީގެ ރިސާލަތަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދިފާޢުކޮށް އިސްލާމީ މަކާރިމުލް އަޚްލާގު ޜާއްޖޭގައި ދަމަހައްޓައި، އިސްލާމީ އަޤީދާ ހިމާޔަތްކޮށް، އެއަޤީދާ އެހެން މީހުންނަށް އުނގަންނައިދުނުމުގެ މަސްޢޫލިއްޔަތު ކަމަށްވާއިރު، އެޔުނިވަރސިޓީ ހިމާޔަތްކޮށް ދެމެހެއްޓުމަކީ މުހިއްމުކަމެއްކަމަށާއި އިސްލާމީ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުން އަމަލީ މައިދާނުގައިވެސް މިކަންކަން ދައްކާ ސާބިތުކޮށްދިނުމަކީ މުހިއްމު ކަމެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް