ޝިޔާމް ޖަމީލުއަށް: ސުވަރުގެ ދެއްވުންވަނީ ﷲއަށް، އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން

ސުވަރުގެ ދެއްވުންވަނީ ﷲއަށް ކަމަށާއި، އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި، ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި، ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން، ރޭގެ ޖަލްސާގައި ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒަށް ސުވަރުގެ ޙަރާމްވާނެ ކަމަށާއި އަދި ޝައުކަތު ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒު މަރުވާނެ ނަމައޭ ހިތަށް އަރާ ކަމަށް މީހަކު ބުނި ކަމަށެވެ.

"ސިޔާސީވިޔަސް މީ ފުކެއް ބޮޑުވަރު. ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ. ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله سبحانه وتعالى ދެއްވާ އެއްޗެއް" ޑރ. މުހައްމަދު ޖަމީލުގެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސިޔާސީވިޔަސް މީ ފުކެއް ބޮޑުވަރު. ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ.… https://t.co/AtGNsjomZ9


"އަދި އަޅުގަނޑުމެން އުނގެނި ޤަބޫލުކޮށްގެން މިތިބީހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާންގެ ކަމަށް. އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި......* ނޯޓް: ޝަހާދަތް ވިދާޅުވާން ހަނދުމަފުޅު ނައްތާނުލައްވާތި" މިނިސްޓަރު އިތުރަށް ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް