މޯލްޑިވިއަންގެ ގިވްއަވޭ: ދެ މީހަކަށް ޝެންހާއީގެ ޑިޒްނީލޭންޑަށް ދަތުރެއް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް 25 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މައި އިނާމެއްގެ ގޮތުގައި ޝެންހާއި ޑިޒްނީލޭންޑުގެ ދަތުރެއް ހިމެނޭހެން ފަސް އިނާމު ހިމެނޭ ބޮޑު ގިވްއަވޭއެއް ފަށައިފިއެވެ.

އެގޮތުން، މި ގިވްއަވޭގައި އެންމެ މަތީ އިނާމުގެ ގޮތުގައި ދެ މީހަކަށް ޝެންހާއި ޑިޒްނީލޭންޑުގެ ދަތުރެއް ހަމަޖައްސާފައިވާއިރު، ދެވަނަ އިނާމުގެ ގޮތުގައި ޗައިނާގެ ދެކޮޅު ޓިކެޓެއް ވަނީ ހަމަޖައްސާފައިވެ އެވެ.


އަދި ތިންވަނަ އިނާމުގެ ގޮތުގައި މި މަހުގެ 27 އާއި 30 އާ ދެމެދު މެލޭޝިއާ އަށް ކުރާ ހާއްސަ ދަތުރުގެ ދެކޮޅު ޓިކެޓެއް ދޭން ހަމަޖައްސާފައިވާއިރު، ހަތަރުވަނަ އިނާމުގެ ގޮތުގައި އިންޑިއާގެ ކޮޗިން ނުވަތަ ޗެންނާއީގެ ދެކޮޅު ޓިކެޓެއް ވަނީ ހަމަޖައްސާފައެވެ. އަދި ފަސްވަނަ އިނާމުގެ ގޮތުގައި ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދިއުމަށް ބޭނުންވާ ދެކޮޅު ޓިކެޓެއް ހިމަނާފައިވެ އެވެ.

މޯލްޑިވިއަނުން ބުނާގޮތުގައި، މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބައިވެރިވެވޭނީ މޯލްޑިވިއަންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް ޕޭޖު ފޮލޯކޮށް، ގިވްއަވޭ ޕޯސްޓަށް ތިން ރަށްޓެހިން ޓެގުކޮށް "Maldivian25Years#" ހޭޝްޓެގު ކޮމެންޓު ކުރުމުންނެވެ.

މޯލްޑިވިއަންގެ މި ގިވްއަވޭ ޕޯސްޓު އެ ކުންފުނީގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް