9 ވަނަ މޮންސޫން ފޯރަމް މިއަދު އައްޑޫ ސިޓީ ގަމުގައި ފެށިއްޖެ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރޭވުންތެރިކަމާއެކު ކުރިއަށް ދިއުމަށްޓަކައި މަޝްވަރާކުރުމަށް 9 ވަނަ މޮންސޫން ފޯރަމް މިއަދު އައްޑޫ ސިޓީ ގަމުގައި ފެށިއްޖެއެވެ.

މަޢުލޫމާޓު ލިބޭގޮތުގައި، މި ފޯރަމްގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމަކަށްވާއިރު މި ފޯރަމުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް، އެ ބަދަލުތަކަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުންކަމަށް މަޢުލޫމާތު ލިބެއެވެ.


މި ފޯރަމްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ތަފާތު ސެޝަންތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ފޯރަމްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިޞާދީ އަދި އިޖްތިމާޢީ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ނިންމާފައިވާއިރު، ފޯރަމްގެ ނިންމުން ޖަލްސާގައި، ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ހުށަހެޅުންތަކެއް އެކުލަވާލެވޭނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް