ށ. އަތޮޅުގައި އައިޑީކާޑް ދޫކުރަން ފަށައިފި
ށ. އަތޮޅުގައި އައިޑީކާޑް ދޫކުރަން ފަށައިފިކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރ) ހާމަކޮށްފިއެވެ. އެގޮތުން، ށ. އަތޮޅު ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، މި އަތޮޅާއެކު ރާއްޖޭގެ 17 ރަށަކުން މިހާރު އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދެވިއްޖެކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަދި އަންނަ ހަފްތާ ތެރޭގައި ށ. މިލަންދޫގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ޑީއެންއާރުން މައުލޫމާތުދެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވާއިރު، އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް