ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2500-3000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެޗްޑީސީއާ ޙަވާލުކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2500-3000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެޗްޑީސީއާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނި ގޮތުގައި މި މިސްކިތަކީ ހެޔޮއެދެ ފަރާތެއްގެ އެހީތެރިކަމުގައި އިމާރާތްކުރާ މިސްކިތެއްކަމަށާއި، ކޮންޓްރެކްޓަރުވެސް ހަމަޖައްސާނީ މިސްކިތް އިމާރާތްކޮށްދޭ ފަރާތުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިސްކިތް އިމާރާތް ކުރަނީ 18720.79 އަކަފޫޓުގެ ބިމެއްގައިކަމަށްވާއިރު، ބިން ހަވާލުކުރާތާ ދެ އަހަރު ތެރޭ މަސައްކަތް ނިންމާނެކަމަށާއި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް