މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ޖަޕާނާއެކު މަޝްވަރާކޮށްފި
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އަށް ޒަމާނީ ތަރައްޤީ ގެނައުމަސް ޖާޕާނުން ވެދެއްފާއިވާ އެހީތެރިކަން ފާހަގަކޮށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ދިނުމާއި ގުޅޭގޮތުން ޖަޕާނުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މސ. އިޝިގާމީ ރޫމިކޯއާ މަޝަވަރާކޮށްފިއެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ގެ އަރިހަށް ސަފީރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި މިނިސްޓަރ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޖަޕާނުން އަބަދުވެސް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ތަރައްގީއަށް ހުރިހާ ދާއިރާއަކުން ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދެއްވުމުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް