މިފްކޯއިން ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމާއި ގުޅޭގޮތުން މިފްކޯއިން މަޝްވަރާކޮށްފިއެވެ. ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނެޓިވް ޕްރޮޑަކްޓްސް (ސީއެފްއެންއޭ) ގެ ޓީމުން މިފްކޯގެ މެނޭޖްމަންޓް ޓީމާއެކު ބޭއްވި ބައްދަލުވުމުގައި މި މަޝްވަރާތައް ކޮށްފައިވާއިރު، މި ބައްދަލުވުމުގައި މިފްކޯގެ އޮޕަރޭޝަންތައް ހިނގާގޮތް ތަޢާރަފްވެސް ކޮށްފައިވެއެވެ. އަދި ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކޮށް ޗައިނާގެ ޓީމުން ވަނީ މިފްކޯ މަސްފިހާރައަށް ގޮސް އެތަނުގައި ހުރި މަހުގެ އުފެއްދުންތައް ބަލާ އޭގެ މައުލޫމާތު އޮޅުންފިލުވާފައެވެ. ޗައިނާގެ މި ޓީމުން ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ބާވަތްތަކާއި، ތެލާއި، ކާބޯތަކެތީ ގެ ހިދުމަތްތަކާއި، އެއާ ގުޅުންހުރި ހަރަކާތްތައް ކޯޑިނޭޓްކޮށް ރެގިއުލޭޓްކުރުން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް