ހިޔާ އަދި އެމްޕީއެލްގެ ބައެއް ޓަވަރުތަކުން މާދަމާ ކަރަންޓު ކެނޑޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ހަތަރު ޓަވަރަކުންނާއި އެމްޕީއެލް ޓަވަރުތަކުން މާދަމާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ، މިހެން ކަރަންޓު ކަނޑަން ޖެހެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން ކަރަންޓު ކެނޑޭނެ ފްލެޓްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.

  • ހިޔާ ޓަވަރު H13، H14، H15 އަދި H16 އިން ހެނދުނު 10:00 އިން 11:00 އަށް
  • އެމްޕީއެލް ޓަވަރުތަކުން މެންދުރު 13:30 އިން 15:00 އަށް
  • މީގެ އިތުރުން H4 ޓަވަރުން ވެސް ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި މަސައްކަތަކީ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށާއި އަދި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް