ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ޓިކްޓޮކް އިން ރާއްޖެ އައި އިސް ވަފުދަކާ މަޝްވަރާކޮށްފި
ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ޓިކްޓޮކް އިން ރާއްޖެ އައި އިސް ވަފުދަކާ މަޝްވަރާކޮށްފިއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް މީސްމީޑިއާ މަންސަ ކަމަށްވާ ޓިކްޓޮކްގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފިކަމަށާއި، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއަށް އެ ވަފުދު ވަޑައިގެންފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދިދާނެ މަގުތައް ހުޅުވުމަށްޓަކައި ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޓިކްޓޮކާ މަޝްވަރާކުރަމުން ގެންދާކަމަށާއި، އުފެއްދުންތެރި އިޤުތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ވަޢުދުފުޅެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. ޓިކްޓޮކަކީ ރާއްޖޭގައިވެސް ގިނަ ބަޔަކު ބޭނުންކުރަމުންދާ، އެންމެންގެ މެދުގައިވެސް ވަރަށް މަޤްބޫލް މަންސަކަށްވާއިރު،  ޓިކްޓޮކްގައި އުޅޭ ބައެއް ދިވެހީންވެސް ދަނީ އެ މަންސަ މެދުވެރިކޮށް ކޮންޓެންޓް އުފައްދައި، އާމްދަނީ ހޯދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް