މެކޭނިކަލް ޕަރކިން އަކީ ވަކި މުއްދަތަކަށް ދޫކުރުމުން ވެހިކަލް ރަޖިސްޓްރީކުރަން ޖާގަ ހުޅުވިގެންދާނެކަމެއް: އަމީން

މެކޭނިކަލް ޕަރކިން އަކީ ވަކި މުއްދަތަކަށް ދޫކޮށްފިއްޔާ ވެހިކަލް ރަޖިސްޓްރީ ކުރުމަށްވެސް ޖާގަ ހުޅުވިގެން ދާނެ އޮޕްޝަނެއް އެއް ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން، މިނިސްޓަރު ވިދާޅުވީ މެކޭނިކަލް ޕާރކިން ތަކަށް ގެނެވޭނެ ހައްލަކީ ކޮބައިތޯ ބަލަން ވަރަށް ކުރިން މަސައްކަތް ފަށާފައިވާ ކަމަށާއި ފުރަތަމަ ބެލީ އެޗްޑީސީ އާއި ވާހަކަ ދައްކައިގެން މިނިސްޓްރީގެ ދަށަށް ގެނެވޭތޯ ކަމަށާއި އެޗްޑީސީން އެކަން އެއްބާރުލުން ދިންކަމަށެވެ.

އަދި އެޗްޑީސީން ފުރަތަމަ ދިން އޮޕްޝަނަކީ ހުރިހާ މެކޭނިކަލް ޕާރކިން އެއް ސަރަހައްދަކަށް ގެނެސް ރީ ލޮކޭޓް ކުރުން ކަމަށާއި އެއަށް އަގުތަކެއްވެސް ކަނޑައެޅިގެން ދިޔަކަމަށާއި އެހެން ނަމަވެސް އެ އެ ޓެސްޓްކުރިއިރު އަނެއްކާ އެ ނައްޓައިގެން އެހެން ތަނަކަށް ގެންދިއުމަކީ އެއީ އެންމެ ރަނގަޅު ޕްލޭނަކަށް ނުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

''އެކަމާއި ގުޅިގެން މިނިސްޓްރީ އާއި އެޗްޑީސީ އެކު މާދަމާ މަޝްވަރާކޮށްގެން ކޮންމެވެސް ނިންމުންތަކެއް ނިންމޭނެ ކަމަށް މި ބަލަނީ. އަވަސް ކުރެވޭނެ ގޮތެއް މި ހޯދަނީ. މާދަމާ ގެ ބައްދަލުވުމުން އެކަމަށް ހައްލެއް ލިބޭނެ ނިންމުމެއް ނިމޭނެ ކަމަށް މި ބަލަނީ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެޗްޑީސީ އާއި ވާހަކަ ދައްކައިގެން ބަލަނީ މިހާރު ހުރިތަނުގައި އެ ޚިދުމަތް ދިނުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް