ޖިންސީ ފުރުއްސާރައިގެ މައްސަލައެއްގައި ޕީޖީ އޮފީހުގެ ދެ ވަކީލަކު ސަސްޕެންޑްކޮށްފި

ޖިންސީ ފުރުއްސާރައަކާ ގުޅޭ މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ދެ ވަކީލަކު ސަސްޕެންޑްކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ, އެ ދެ މުވައްޒަފުން ސަސްޕެންޑްކުރީ އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން މައްސަލަ ބަލައި ނިމެންދެން ކަމަށެވެ.

އެގޮތުން، ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހްލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ފުލުހުން ބަލަންޖެހޭ ބެލުންތަކެއް ހުރިކަމަށް ފެންނާތީ، އެކަން ފުލުހުންވެސް ބަލަމުންދާ ކަމަށް ޕީީޖީ އޮފީހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް