އެމްޑީޕީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮގަސްޓު 15 ގެ ކުރިން ބާއްވަނީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަން އެމްޑީޕީން ނިންމައިފިއެވެ. އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮންގްރެސް ބޭއްވުމަށް ފާސްކުރީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 71 މެންބަރުންގެ ވޯޓުންނެވެ. މަޢުލޫމާތުލިބޭގޮތުގައި، ޤައުމީ މަޖިލީހުގައި ކޮންގްރެސް ބޭއްވުމުގެ ތައްޔާރީތައްވުމަށް ޚާއްސަ ކޮމިޓީއެއް ވަނީ ނަގާފައެވެ. އަދި ކޮންގްރެސް ބޭއްވުމަށް ބޭނުންވާ ބަޖެޓާއި ޚަރަދުތަކާއި އިންތިޒާމުތަކާއި ބާއްވާނެ ދުވަސް ކަނޑައެޅުމުގެ ކަންކަން ހަމަޖައްސާނީވެސް އެ ކޮމިޓީންކަމަށްވެއެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މި ނިންމުން ނިންމާފައިވާއިރު، އެ ޕާޓީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ފަރާތްތަކުގެ ވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް