ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރުމަށް ތުރުކީން ނިންމައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާޢި ތުރުކީއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޑޯގަން ކްލާހުގެ ފަސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ​​ވޯލްކަން (ޕީ-343) ރާއްޖެއަށް ހަދިޔާކުރަން ތުރުކީއިން ނިންމައިފިއެވެ

އެ ޤައުމުގެ ޑިފެންސް މިނިސްޓަރ އާއި ހަވާލާދީ، ތުރުކީގެ ނޫސްތަކުން ލިޔެފައިވާ ގޮތުގައި މި ހަދިޔާ ކުރާ ތަކެއްޗަކީ ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރެވޭ އެއްޗެއް ކަމަށާއި، މި އުޅަނދު ރާއްޖެގެނައުމުގެ ތައްޔާރީތަކުގެ ތެރެއިން ޓީސީޖީ ​​ވޯލްކަން އިން ވަނީ އިސްތަންބޫލް ނޭވަލް ޝިޕްޔާޑް ކޮމާންޑްގައި މިއުޅަނދު މަރާމާތުކޮށް ނިންމާފައިކަމަށެވެ.


މީގެ އިތުރުން، ރާއްޖެއަށް މި އުޅަނދު ކަނޑުމަން ރާއްޖެއަށް ގެނައުމަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ އޭޕްރީލް މަހާއި ޖޫން މަހާއި ދޭތެރޭގައިކަމަށްވާއިރު، ރާއްޖެއަށް ބަނދަރުކުރުމުން މި މިސައިލް ބޯޓް އެކްޓިވޭޓް ކުރާނީ ތުރުކީގެ ނޭވީގެ ޓީމަކުން ކަމަށްވެސް މަޢުލޫމާތުލިބެއެވެ. އަދި ފުލް ޓްރާންސްފާ ޕްރޮސެސް ނިމޭނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހުގައި ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ހަމައެއާއެކު، މި އުޅަނދުގައި މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީނުކުރުން މި އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ތުރުކީގައި ފަށާފައިވާ ކަމަށާއި މި ތަމްރީނުތައް ނިމެން އެއް މަސް ނަގާނެކަމަށާއި އަދި މީގެ އިތުރުންވެސް، ޑިޕްލޮއިމަންޓަށް ފަހު ތުރުކީގެ ނޭވަލް އިންސްޓްރަކްޓަރުން ރާއްޖޭގައި ތިބި ފުލް ކްރޫއަށް ދެ ހަފްތާގެ އެޑްވާންސް އޮންބޯޑް އޮޕަރޭޝަނަލް ޓްރެއިނިން ފޯރުކޮށްދޭނެ ކަމަށްވެސް މަޢުލޫމާތުލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް