ވެލާނާ އެއަރޕޯޓަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިއްޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ ސޯޝަލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވައި މި ފެށުނު އައު އަހަރަކީ އެުފާވެރި އަހަރަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެތަނުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންނާއި އަދި ބައެއް ސްޓޭކްހޯލްޑަރުން ވަނީ ބއިވެރިވެވަޑައިގެންފައެވެ. އަދި އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގެ އިތުރުން އެކުވެރިކަމުގެ ހިނގާލުމެއްގައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް