ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.


އެ މިނިސްޓްރީގެ އެކްސް އެކައުންޓުގައި ޙިއްސާކޮށްފައިވާގޮތުގައި، މިކަމަށްޓަކައި މިއަދު ފިޔޯރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.

މި ރަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށްކަމަށްވާއިރު، މިމަޝްރޫޢުގެ ދަށުން، އައު ބަނދަރު ފުންކުރުމާއި، ރިވެޓްމަންޓް ޖެހުމާއި، އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގެ ނެރު ބައްތިއާއި މަގު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ރައްޔިޔުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، އަދި ގދ. ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އަޢިވީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް